މެމްބަރުގެ ހުރަސްތަކާ އެކު ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދާނީ ކުރިއަށް: ރައީސް
މިހާރު
23 ޖުލައި 2025 | ބުދަ | 12:31
ނ. ހޮޅުދޫ ދާއިރާގެ ތަރައްގީއާ ގުޅޭ ކަންކަމުގައި އެ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސްގެ ފަރާތުން ސަރުކާރަށް އެހީތެރިކަން ނުލިބޭ ކަމަށާއި އެކަމަކު އެ ހުރަސްތަކާ އެކު ވެސް އެ މަނިކުފާނު ވަޑައިގަންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުން މަތީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވެލިދޫ ދާއިރާގައި ހިމެނޭ ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މަންދޫބެއް ނަމަ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސިޔާސީ ހިޔާލު ތަފާތުވުން އެއްވެސް ވަރަކަށް ކުރިއަށް ނެރެގެން ނުވާނެ ކަމަށެވެ. އެންމެން ވެސް މަސައްކަތް ކުރަން ވާނީ އެ އަށް ވުރެ ޒިންމާދާރުކޮށް، ޕްރޮފެޝަނަލްކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ފަރާތުން ސަރުކާރަށް މާބޮޑަށް ފަސޭހަތައް ލިބޭ ކަމަށެވެ.