ސިފައިންނާއި އެޗްޑީސީގެ ރޭންކިން މެޗު ކެންސަލް، ރައުންޑް ރޮބިން މެޗުން ސިފައިންނަށް ފަސްވަނަ އެޗްޑީސީ ފުލަށް

މިހާރު

23 ޖުލައި 2025 | ބުދަ | 1:31

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން (ކާވާ) ގެ ކްލަބް މުބާރާތުގައި ވާދަކުރާ ދިވެހި ދެ ޓީމުގެ ރޭންކިން މެޗު ކެންސަލް ކޮށްފި އެވެ.

މުބާރާތުގެ ރައުންޑް ރޮބިން މަރުހަލާގެ ފަހު މެޗުގައި ރާއްޖޭގެ ދެ ޓީމު، ދިވެހި ސިފައިންގެ ކްލަބާއި އެޗްޑީސީ ވާދަކުރި މެޗަކީ ލީގުގެ ފަސްވަނަ މަގާމު ކަނޑައަޅަން ކުޅުނު މެޗު ކަމަށް މުބާރާތުގެ ކޮންޓްރޯލްޑް ކޮމިޓީން ނިންމި އެވެ.

ފަސްވަނަ ހޮވާ ރޭންކިން މެޗުގައި ވެސް ވާދަކުރަން އޮތީ އެ ދެ ޓީމެވެ. އެހެންވެ މުބާރާތުގެ ކޮންޓްރޯލް ކޮމިޓީން ރޭ ނިންމީ އެ ދެ ޓީމު ވާދަކުރާ އިތުރު މެޗެއް ކުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންވެ އިއްޔެ ހަވީރު ކުޅުނު އެ ދެ ޓީމު ކުރިމަތިލި މެޗުން މޮޅުވި ސިފައިންނަކި މުބާރާތުގެ ފަސްވަނަ ޓީމު ކަމަށް ކަނޑައެޅި އެވެ.

މައުޟޫޢުތަށް