ވޯލްޑް ކްލާސް ކަނާތު ބެކެއް ހޯދަން ސިޓީން އަތްފުނާ އަޅަނީ
މިހާރު
23 ޖުލައި 2025 | ބުދަ | 10:13
ވޯލްޑް ކްލާސް ފެންވަރުގެ ކަނާތު ބެކެއް ހޯދަން މެންޗެސްޓާ ސިޓީން އަތްފުނާއަޅަން ފަށައިފި އެވެ.
މި އަހަރު މިހާތަނަށް ނުވަ ކުޅުންތެރިން، އެ ކްލަބުން ސޮއި ކުރުވި އެވެ. ނަމަވެސް ވޯލްޑް ކްލާސް ހުނަރެއް އެ ލިސްޓަކުން ނުލިބުނެވެ.
ޓީމު އިތުރަށް ވަރުގަދަ ކުރަން ކޯޗު ޕެޕް ގާޑިއޯލާ މިހާރު އެންމެ ބޭނުން ވަނީ ކަނާތު ބެކެކެވެ. ލެސްޓާ ސިޓީން އަގުބޮޑުކޮށް ސޮއި ކުރުވި ޑިފެންޑަރު ކައިލް ވާކޯ، ސިޓީން ވަނީ ދޫކޮށްލައިފަ އެވެ. އޭނާ ސޮއި ކުރީ ބާންލޭ އަށެވެ.