މުސަލީނީގެ މުނިކާފަ ދަރިފުޅު އިޓާލިއަން ލީގުގައި ކުޅެން ތައްޔާރު ވާތީ ބޮޑު ސަމާލުކަމެއް
މިހާރު
24 ޖުލައި 2025 | ބުރާސްފަތި | 6:36
މިދިޔަ ގަރުނުގެ މެދުތެރޭގައި އިޓަލީގައި އަނިޔާވެރި ހުދުމުހުތާރު ވެރިކަމެއް ކުރި މަޝްހޫރު ބެނިޓޯ މުސަލިނީގެ ކާފަ ދަރިފުޅު، ސެރީ އާ ގައި ކުޅެން ތައްޔާރު ވާތީ ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
ރޮމާނޯ ފްލޮރިއާނީ މުސަލީނީ އަކީ، އިޓަލިއަން ލީގަށް އަލަށް ކޮލިފައިވި ކްރޮމެނޭޒޭގެ ޑިފެންޑަރެކެވެ.
އުމުރުން 22 އަހަރުގެ ކަނާތު ބެކް، ކްރޮމެނޭޒޭ އަށް މި މަހު ބަދަލުވީ، ލޯޒީއޯގެ ލޯނު އެއްބަސްވުމުގެދަށުންނެންނެވެ.