ޕޯސްޓްމޯޓަމް ނިންމައި އަބްދުއްރަހުމާންގެ ހަށިގަނޑު ރާއްޖެ ގެެނެސްފި
މިހާރު
24 ޖުލައި 2025 | ބުރާސްފަތި | 12:26
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު އަނބުރާ ރާއްޖެއަށް މިއަދު ގެނެސްފި އެވެ.
ފުލުހުން ދެންމެ ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހު މިރޭ މާލެ ގެނެސް މޯޗަރީއަށް ލާފައިވާ ކަމަށެވެ.
ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ.