ސިޔާސީ އޮއިވަރަކީ ގައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން: ރައީސް

މިހާރު

24 ޖުލައި 2025 | ބުރާސްފަތި | 7:22

ސިޔާސީ އޮއިވަރަކީ ގައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން ކަމަށާއި އެންމެން ވެސް އިސްކުރަންވީ ގައުމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނ. ވެލިދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ކުރިއަށް އޮތް ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިން އިސްކުރަން ޖެހޭނީ ދިވެހިވަންތަ ކަމާއި އިސްލާމް ދީނާއި ދިވެހި ބަސް ކަމަށެވެ.

"އެކަން އިސްކޮށް ނޫނިއްޔާ ކިތަންމެ އެއާޕޯޓެއް އެޅިޔަސް ކިތަންމެ ބަނދަރެއް ހެދިޔަސް ކިތަންމެ މަގެއް ހެދިޔަސް ސްކޫލެއް އެޅިޔަސް ހޮސްޕިޓަލެއް ހެދިޔަސް ހަގީގީ ތަރައްގީއެއް ނާންނާނެ. ހަގީގީ ތަރައްގީ އަންނަނީ ސިކުނޑިން. އެ ކަން ކުރާނީ އަމިއްލަ އަށް،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް