ގަދަ ތިނެއް ހޯދުމުގެ ޓާގެޓް ނިމުނީ، ދެން ވާދަކުރަން ޖެހޭނީ ތައްޓަށް: އެތުލެޓިކޯގެ ރައީސް

މިހާރު

24 ޖުލައި 2025 | ބުރާސްފަތި | 11:07

ގަދަ ތިނެއްގައި ވާދަކުރުމުގެ ޓާގެޓް އެތުލެޓިކޯ މެޑްރިޑަށް ނިމިއްޖެކަމަށާއި ދެން އޮންނާނީ ސީޒަންގެ ހުރިހާ ތައްޓަކަށް ވާދަކުރުން ކަމަށް އެ ކްލަބްގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ދޭ ކޯޗުގެ ގޮތުގައި އެތުލެޓިކޯގައި ޑިއޭގޯ ސިމިއޯނީ ހޭދަކުރި 15 އަހަރުގައި އޭނާ އަށް ހޯދުނީ ލަލީގާގެ ދެ ތައްޓެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރަށް ވާދަ ކުރި އިރު ވެސް ބަލިވީ އެވެ.

އާ ސިޒަން ފެށުމުގެ ކުރިން ކޮންމެ އަހަރަކު ވެސް އެތުލެޓިކޯއިން ބާއްވާ ރޭގަނޑުގެ ކެއުމުގައި ވާހަކަ ދައްކަމުން ސެރޭޒޯ ވިދާޅުވީ އެ ކްލަބްގެ ޓާގެޓް ދެން އޮންނާނީ ކުރިން އޮތް ގޮތަކަށް ނޫން ކަމަށެވެ.

މައުޟޫޢުތަށް