މަސައްކަތަކަށް އައިޖީއެމްއެޗުގެ އޯޕީޑީ ގޭޓު ވަގުތީ ގޮތުން ބަންދު ކުރަނީ

މިހާރު

24 ޖުލައި 2025 | ބުރާސްފަތި | 11:42

އައިޖީއެމްއެޗްގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރަން އޯޕީޑީ ވޯކްވޭ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނީ މިރޭ 9:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ދަންވަރު 3:00އާ ހަމައަށް އެ ސަރަހައްދު ބަންދު ވާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ ގޭޓު 1 އާންމުންނަށް ބަންދު ކުރަން ނިންމާފައިވާއިރު ހޮސްޕިޓަލަށް ވަނުމަށް ދެން ބޭނުން ކުރެވޭނީ އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރި ގޭޓު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މައުޟޫޢުތަށް