އާރުޓީއެލް ފެރީ ބ. އަތޮޅުގައި އަންނަ ހަފުތާގައި ފަށަނީ

މިހާރު

24 ޖުލައި 2025 | ބުރާސްފަތި | 11:46

މުޅި ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ހިދުމަތް އަންނަ ހަފުތާގެ ހޯމަ ދުވަހު ބ. އަތޮޅުގައި ފަށަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޒޯން 2 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ބ. އަތޮޅުގައި ދަތުރުތައް ފަށާ އިރު ޖުލައި 28 އިން ފެށިގެން އޮގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި އެއަށްފަހު ދަތުރުތައް ކުރާނީ ޓިކެޓް ނަގައިގެން ކަމަށެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.

ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި ނ. އާއި ރ. އަތޮޅުގައި މިހާރު ވެސް ވަނީ އާރުޓީއެލްގެ ހިދުމަތް ދޭން ފަށައިފަ އެވެ. އަދި ބ. އަތޮޅުގައި އެ ހިދުމަތް ފެށުމުން، ޒޯން 2 ގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވޭނެ އެވެ.

މައުޟޫޢުތަށް