މިއަދު 6 ހަވީރު ގެ ފަހުން ގްރީން ޒޯނުގައި ޕާކު ކުރުން މަނާ، ގަވާއިދާ ހިލާފު އުޅަނދުތައް ޓޯކުރާނެ
މިހާރު
24 ޖުލައި 2025 | ބުރާސްފަތި | 1:55
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މާލޭގައި ހިންގާ ހަރަކާތްތަކާ ގުޅިގެން، ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަހައްދެއްގައި ވަކި ގަޑިތަކެއްގައި އުޅަނދުތައް ޕާކް ކުރުން ފުލުހުން މަނާކޮށްފި އެވެ.
ފުލުހުންގެ އެންގުމުގައި ވަނީ އެ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ހުރިހާ އުޅަނދެއް މިއަދުގެ ހަވީރު 6:00 ކުރިން ނެގުމަށެވެ.
އޭގެ ފަހުން އެ ސަރަހައްދުތަކުގައި ނުނަގައި ހުންނަ އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.