އެފްކޮންސް އިން އައްޑޫގެ މަގުތައް ކުރިއެރުމުގެ ރާސްތާއަކަށް ބަދަލުކޮށްފި
މިހާރު
25 ޖުލައި 2025 | ހުކުރު | 12:22
މަގުތަކުގެ އަޑިގުޑަންކަމާއި ވާރޭ ވެހިލާއިރަށް ފެންބޮޑުވާ މައްސަލައިގެ ތެރޭގައި އައްޑޫ ރައްޔިތުން އުނދަގޫތައް ތަހަންމަލްކުރަމުން ގެންދާތާ އެތައް އަހަރެއް ހޭދަވި އެވެ. އެކަމަކު އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފައިނޭންސްކޮށް، މަޝްހޫރު އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑުން އައްޑޫގެ ރޯޑްސް އެންޑް ޑްރެއިނޭޖް ޕްރޮޖެކްޓް ނިންމުމާ އެކު އެކަން މާޒީވެއްޖެ އެވެ.
އެފްކޮންސް އިން މި ޕްރޮޖެކްޓާ ކުރިމަތިލީ އައްޑޫ ފަދަ ކުރިއަރަމުން އަންނަ ސިޓީއަކަށް އެކަށީގެންވާ ޒަމާނީ، މަގުތަކަކުން، އައްޑޫ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމުގެ ވަރުގަދަ އަޒުމަކާ އެކު އެވެ.
މި ޕްރޮޖެކްޓުގައި 111 ކިލޯމީޓަރުގެ މަގުގެ ނެޓްވޯކެއް ހިމެނޭއިރު، އޭގެ ތެރޭގައި އޯޝަން ދެ ބްރިޖް ހިމެނޭ ގޮތަށް 1.4 ކިލޯމީޓަރުގެ ލިންކް ރޯޑެއް އޮވެ އެވެ.