ވެލިދޫގައި ސީޕްލޭންގެ ހިދުމަތް އަންނަ ޖެނުއަރީ މަހު ފަށަނީ
މިހާރު
24 ޖުލައި 2025 | ބުރާސްފަތި | 2:47
ނ. ވެލިދޫގައި ސީޕްލޭންގެ ހިދުމަތް އަންނަ ޖެނުއަރީ މަހު ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.
ރައީސް ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވިދާޅުވީ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފިނޮޅުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމަށް ކަނޑައަޅާފައި ވިޔަސް، ވެލިދު އަށް ހާއްސަކޮށްގެން ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.
ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ހަދައި، އެ ހިދުމަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.