ބީޗު ވޮލީ ކުޅޭ ސަރަހައްދު ކައިރީގައި ކާނިވަލެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ
މިހާރު
24 ޖުލައި 2025 | ބުރާސްފަތި | 8:21
މާލޭގައި ބީޗު ވޮލީ ކުޅޭ ސަރަހައްދުގެ އިރުމައްޗަށް އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާ ގޮތަށް ކާނިވަލެއް ހަދައިދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ އަމިއްލަ ހަރަދުގައި ކާނިވަލެއް ހަދައި، ދިގު މުއްދަތަކަށް އެ އެތަން ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އަންނަ މަހުގެ 7 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.