ޑޮލަރުގެ މައްސަލައަށް ލުޔެއް ހޯދުން: ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ޑޮލަރުގެ ޑިޕޮސިޓްގެ މިންވަރު ދަށްކޮށްފި
މިހާރު
24 ޖުލައި 2025 | ބުރާސްފަތި | 9:44
އެމްއެމްއޭ އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) ގެ ގޮތުގައި ބޭންކުތަކުން ބަހައްޓަން ޖެހޭ ފައިސާގެ އަދަދު 7.5 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކޮށްފި އެވެ.
އެބަދަލު އެމްއެމްއޭ އިން ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ.
އެމްއާރްއާރް އަކީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ތެރެއިން އެންމެ މަދުވެގެން ބޭންކުތަކުން ސެންޓްރަލް ބޭންކްގައި ރިޒާވްގެ ގޮތުގައި ރުފިޔާ އިން ނުވަތަ ބޭރު ފައިސާއިން ބަހައްޓަން ޖެހޭ ޕަސެންޓެވެ.