ދިވެހި ފުޓްބޯޅަ އަޑިގަނޑުން ނަގަން ރާއްޖޭގެ ހުރިހާ ރަށަކަށް ޓޮމް ދެނީ މި ޔަގީންކަން!

މިހާރު

26 ޖުލައި 2025 | ހޮނިހިރު | 12:46

މިއަދު ބާއްވާ އެފްއޭއެމްގެ އިންތިހާބުން، އެ އިދާރާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހްމަދު ތޯރިގް (ޓޮމް) އަށް ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުގެ ފުންމިން ކިތަންމެ ރަނގަޅަކަށް ވެސް އެނގިލައްވަ އެވެ. އެ އަނދަވަޅުން ފުޓްބޯޅަ ނަގަން މަސައްކަތް ފަށަންޖެހޭ ހިސާބު ވެސް އެންގިލައްވަ އެވެ.

އެފްއޭއެމްގެ ރައީސްކަމަށް މީގެ ކުރިން ވަޑައިގެން އޭނާ އަށް ލިބިވަޑައިގެންނެވި "ވަރަށް ކުރު" މުއްދަތުގައި ރަނގަޅު މަސައްކަތްތަކެއް ފެއްޓެވިކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އޭރު މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ ހަތަރު މަސް ނުވަނީސް "ސްޕޯޓްސް ޕޮލިޓިކްސް" ގެ އަސަރުގައި ޖެހި ތޯރިގްގެ އެކްސްކޯގެ ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާ ދީ އޭނާގެ ބާރު ކަނޑުވާލި އެވެ. ފަސް މެންބަރުން އެއްފަހަރާ އިސްތިފާ ދިނުމުން، އޭނާގެ އެކްސްކޯ އަށް ހައިސިއްޔަތު ގެއްލުނީ އެވެ.

ދެވަނަ ފަހަރަށް އޭނާ ވަޑައިގަންނަވާނީ އެ އުނދަގޫ ގޮންޖެހުންތަކުން ފިލާވަޅު ލިބިވަޑައިގެންނެވެ. މިފަހަރު އޭނާ އަލުން އެފްއޭއެމަށް ވަޑައިގަންނަވާއިރު ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމް އޮތީ އޭރު އޮތް ހާލަތަށް ވުރެ ވެސް ބޮޑަށް ބޮއްސުންލައިފަ އެވެ.

މައުޟޫޢުތަށް