މިނިވަން ދުވަހު ރައީސް ފުލުުހުންނާއި ސިފައިންނާ އެކުގައި: "ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ އަމިއްލައަށް"

މިހާރު

26 ޖުލައި 2025 | ހޮނިހިރު | 1:03

ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި އެހެން ގައުމުތަކުގެ އެހީ ހޯދިޔަސް މި ގައުމުގެ ރައްކާތެރިކަމާއި ސަލާމަތަށް ކޮންމެ އަކަ އިންޗިއެއް ވެސް ބަލަހައްޓާނީ ދިވެހިން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިންގެ އިސްތިއުމާރުން ރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުން މިއަދު ފާހަގަކުރާ މުނާސަބަތާ ގުޅިގެން ރައީސް ވަނީ ފުލުހުންނާއި ސިފައިންނާ އެކު ހާއްސަ ރަސްމިއްޔާތެއް ބާއްވަވައިފަ އެވެ. މިއީ، މިނިވަން ދުވަހު، ސިފައިންނާއި ފުލުހުންނާ އެކުގައި ރައީސަކު މިގޮތަށް ރަސްމިޔާތެއް ބޭއްވެވި ފުރަތަމަ ފަހަރެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ މިނިވަންކަމާ އެކު ދިގު މާޒީއެއް ހޭދަކުރި ގައުމެއް ކަމަށެވެ. މިނަވަންކަން ގެއްލިގެންދިޔަ މަދުފަހަރެއްގައި، އެ މިނިވަންކަން އަނބުރާ ހޯދުމުގައި ސަލާމަތީ ހިދުމަތްތަކުގެ ދައުރު ރައީސް ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް