ރިތިކްގެ "ވޯ 2"ގެ ޓްރެއިލާ އާންމުކޮށްފި
މިހާރު
26 ޖުލައި 2025 | ހޮނިހިރު | 12:24
ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން އާއި ދެކުނު އިންޑިއާ ސިނަމާގެ ތަރި، އެންޓީއާރު ޖޫނިއާ ލީޑު ރޯލު ކުޅޭ "ވޯ 2" ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
މި ފިލްމު ގެނެސްދޭ ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އިއްޔެ އާންމުކުރި ދެ މިނެޓާއި 35 ސިކުންތުގެ ޓްރެއިލާގައި ވަނީ ފިލްމުގެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމަކީ ވެސް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ.
"ވޯ 2"ގައި ލީޑު އަންހެން ރޯލު ކުޅެނީ ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ އެވެ.