މިނިވަންދުވަހުގެ ހަރަކާތްތައް ނިމެންދެން ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކޮށްފި
މިހާރު
26 ޖުލައި 2025 | ހޮނިހިރު | 4:50
މިނިވަންދުވަހުގެ ހަރަކާތްތައް ނިމެންދެން ޖުމްހޫރީ މައިދާން ސަރަހައްދު މިއަދު ބަންދުކޮށްފި އެވެ.
އެމްއެންޑީއެފުން ނެރުނު އެންގުމުގައި ބުނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކަށް މެންދުރު 1:00 އިން ފެށިގެން އެ ހަރަކާތް ނިމެންދެން، ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުވާނެ ކަމަށެވެ.
އެހެންވެ، ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާތީ އެ ސަރަހައްދަށް އާއްމު އުޅަނދުފަހަރު ވަދެ ނުކުތުމުގައި ދަތިތައް ދިމާވެދާނެ ކަމަށް ބުންޏެވެ.