އެފްއޭއެމްގެ ރައީސްކަމަށް ތޯރިގް އިންތިހާބު ކޮށްފި

މިހާރު

26 ޖުލައި 2025 | ހޮނިހިރު | 5:17

އެފްއޭއެމްގެ ރައީސްކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގް (ޓޮމް) ދެންމެ އިންތިހާބު ކޮށްފި އެވެ.

ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން ބޭއްވި އިންތިހާބަށް ވާދަކުރެއްވީ ވެސް ތޯރިގް އެކަންޏެވެ. މީރުމާ ހޮޓެލްގައި މިއަދު ބޭއްވި އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސްއިން ނިންމީ، އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން، އަތް ހިއްލައިގެން ވޯޓް ނެގުމަށެވެ. ކޮންގްރެސްގެ 32 މެންބަރުންގެ އިއްތިފާގުން ތޯރިގްގެ އެކްސްކޯ ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމަށް އިންތިހާބު ކުރި އެވެ.

މީގެ ކުރިން 2016 ގައި ވެސް އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގް ވަޑައިގެންނެވި އެވެ. އެކަމަކު ހަތަރު މަސް ނުވަނީސް، އޭރުގެ އެކްސްކޯގައި ހިމެނުނު ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާދީ ތޯރިގްގެ ބާރުކަނޑުވާލި އެވެ.

މައުޟޫޢުތަށް