އިތުރަށް ގުޅުން ބަދަހިވާނެ ކަމުގެ ޔަގީންކަމާ އެކު މޯދީ ފުރާވަޑައިގެންފި
މިހާރު
26 ޖުލައި 2025 | ހޮނިހިރު | 8:25
ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުމަށް "އިތުރު ހަކަތަ" ލިބޭނެ ކަމުގެ ޔަގީންކަމާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީ އަށް އަލްވަދާއު ދެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އަދި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މޯދީގެ ދަތުރުފުޅު ނިންމަވައިލެއްވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ކުޅިވަރުތައް ބައްލަވައިލެއްވުމަށް ފަހު އެވެ. އޭގެ ފަހުން ސީދާ ވަޑައިގަތީ ފުރާވަޑައިގަތުމަށް އެއާޕޯޓަށެވެ.