އާ ޓާމިނަލް ހުޅުވުން: ޑްރޯން ޝޯ 9:20 ގައި، ހަވާ އެރުވުން 9:40 އަށް ލަސްކޮށްފި
މިހާރު
26 ޖުލައި 2025 | ހޮނިހިރު | 8:44
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބާއްވާ ތާރީހީ ރަސްމިއްޔާތާ އެކު، ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތުގެ ގަޑި އެމްއެންޑީއެފުން ލަސްކޮށްފި އެވެ.
އެމްއެންޑީއެފުން މިހާރު ހަމަޖައްސާފައިވާ ގޮތުން ހަވާ އެރުވުން އޮންނާނީ މިރޭ 9:40 ހާ އިރު އެވެ. އަދި ޑްރޯން ޝޯ ވެސް މިހާރު ވަނީ 9:20 އަށް ބަދަލުކޮށްފަ އެވެ. ކުރިން އެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި އޮތީ މިރޭ 8:30 ގަ އެވެ.
ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތް ލަސްވި ސަބަބު ހާމަނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އެކަން ލަސްވީ އެއާޕޯޓުގެ ރަންވޭ ހުސް ނުވާތީ އެވެ.