އާ ޓާމިނަލަށް ފައިސާ ހަމަޖައްސައިދިން ސައުދީ އާއި އޮފިޑް ފަންޑުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

މިހާރު

26 ޖުލައި 2025 | ހޮނިހިރު | 9:44

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތަށް ލޯނު ފައިސާ ފޯރުކޮށްދިން ފަރާތްތަކުގެ ތެރެއިން ސައުދީ ފަންޑާއި އޮފިޑް ފަންޑުގެ އިތުރުން ކުވެއިތު ފަންޑުގެ އިސް ބޭފުޅުންނާ ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހުމާން އަލް މުރްޝިދާ މިއަދު މެންދުރު ބައްދަލު ކުރައްވައިފަ އެވެ. އަދި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ރައީސް، ޑރ އަބްދުލްހަމީދު އަލްހަލީފާ ބައްދަލުކުރައްވާފައިވެ އެވެ. ކުވައިދު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވަލޮޕްމެންޓްގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ވަލީދު ޝަމްލަން އަލް ބަހަރް އާއި ވެސް މިއަދު ރައީސް މުއިއްޒު ބައްދަލުކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތުމުން މާލީ އިދާރާތަކުގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވީއައިއޭ ތަރައްގީ ކުރުމަށް ވެދެއްވި އެހީތެރކަން ރައީސް ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް