ތައިލެންޑާއި ކެމްބޯޑިއާގެ ހަމަލާތައް ނުހުއްޓި ކުރިއަށް، 33 މީހުން މަރުވެއްޖެ
މިހާރު
27 ޖުލައި 2025 | އާދިއްތަ | 5:51
ތައިލެންޑާއި ކެމްބޯޑިއާއިން ބޯޑަރު ސަރަހައްދުގައި އެއްގައުމުން އަނެއް ގައުމަށް ދެމުން ގެންދާ ހަމަލާތައް ތިން ވަނަ ދުވަހަކަށް ދެމިގެން ގޮސްފައި ވާއިރު މިހާތަނަށް ހަމަލާތަކުގައި 33 މީހުން މަރުވެއްޖެ އެވެ.
ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ 150،000 މީހަކު ވަނީ މި ހަމަނުޖެހުންތަކުން ސަލާމަތްވާން އެހެން ހިސާބުތަކަށް ގޮސްފަ އެވެ.
މައި ފްރޮންޓްލައިންގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 250 ކިލޯމީޓަރު (160 މޭލު) ދުރުގައި އޮންނަ ގަލްފް އޮފް ތައިލެންޑްގައި ދެ ގައުމު ބައްދަލުވާ ގޮނޑުދޮށުގެ ސަރަހައްދުތަކުގައި ފަހުގެ ތާރީހެއްގައި ހިނގި ފުރަތަމަ ކުރިމަތިލުންތަކަށް ފަހު އިއްޔެ ވެސް ވަނީ ބައެއް ގޮވުންތައް ގޮވައިފަ އެވެ.