ގާސިމާއި ސޯބިރަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި

މިހާރު

27 ޖުލައި 2025 | އާދިއްތަ | 11:34

ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު، ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު މިއަދު އަރުވައިފި އެވެ.

އެ ދެބޭފުޅުންނަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފުގެ މެޑެލް ދެއްވީ، ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ސިއްހީ ހާލަތު ތަންނުދެއްވާތީ ސޯބިރަށް މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވުނެވެ. އެހެންވެ، އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ ދަރިކަނބަލުންނެވެ.

މައުޟޫޢުތަށް