ކުރީގެ ރައީސުންނަށް އެރުވި ދައުވަތު ގަބޫލުފުޅު ކުރައްވައި ވަޑައިގަތީ ނަޝީދާއި ވަހީދު އެކަނި

މިހާރު

27 ޖުލައި 2025 | އާދިއްތަ | 12:56

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ތާރީޚީ ހަފުލާއަށް ކުރީގެ ރައީސުންނަށް އެމްއޭސީއެލް އިން އެރުވި ދައުވަތު ގަބޫލުފުޅު ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންފި އެވެ.

އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ވަނީ މިނިވަންކަމުގެ ރަމްޒެއްްގެ ގޮތުގައި ބިނާކުރި އާ ރަންވޭގެ ތަރައްގީގެ ބިޔަ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ކުރީގެ ހުރިހާ ރައީސުންނަށް ވެސް ދައުވަތު ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެކަމަކު، ކުރީގެ ރައީސުންގެ ތެރެއިން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ، ނަޝީދާއި ވަހީދު އެކަންޏެވެ.

މައުޟޫޢުތަށް