އެކި މީހުން އެކި ދިމާލަށް ގޮސްގެން ގައުމެއް ނޯންނާނެ: ރައީސް

މިހާރު

27 ޖުލައި 2025 | އާދިއްތަ | 12:11

އެކި މީހުން އެކި ދިމާލަށް ގޮސްގެން ގައުމެއް ނޯންނާނެ ކަމަށާއި މިނިވަންކަން މިހާ ހިސާބަށް ދެމެހެއްޓިފައި ވަނީ ވަރަށް ގިނަ ބައެއްގެ އިހުލާސްތެރި ބުރަ މަސައްކަތުން ކަމަށް ވާއިރު، އެ ބޭފުޅުންގެ މަސައްކަތްތައް އަމާނާތްތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ގެންގޮސް ދިނުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މިނިވަންކަން ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެހެން ނޫނީ މިނިވަންކަމެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ތަރައްގީ އަށް ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށެވެ. ނަމަވެސް، ފަރުދީ ޒިންމާ އަދާކުރަންޖެހޭނެ ކަމަށާއި މި ސަރުކާރަށް މި ވީ ދޮޅު އަހަރުގެ ތެރޭގައި ވެސް އަމަލުކުރީ އެ ގޮތަށްކަން ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް