ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފު ނަންރީތި ސަލީމަށް

މިހާރު

27 ޖުލައި 2025 | އާދިއްތަ | 11:25

ދިވެހި ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި އަހުމަދު ސަލީމް (ނަންރީތި ސަލީމް) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ 57 އަހަރު ވެފައިވާ އަދި ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތާ އެކު، ހިދުމަތުން ރިޓަޔާ ކުރައްވާ ސަލީމަށް އެ އިއްޒަތް އެރުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

ސަލީމަކީ ދިވެހި ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތުގެ ލަގަބު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ހާރިޖީ ދާއިރާގެ ހިދުމަތްތެރިޔާ ވެސް މެ އެވެ. އެ ލަގަބު ތައާރަފުކުރި ކަން ސަރުކާރުން އިއުލާންކުރީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި މިއަދެވެ.

މައުޟޫޢުތަށް