އެފްއޭއެމަކީ އެންމެންނަށް އިތުބާރު ކުރެވޭ އިދާރާއަކަށް ހަދާނަން: ތޯރިގް
މިހާރު
27 ޖުލައި 2025 | އާދިއްތަ | 1:19
އެފްއޭއެމް އަކީ ސަޕޯޓަރުންނަށާއި، ސްޕޮންސަރުން އަދި ސަރުކާރަށް ވެސް އިތުރުބާރު ކުރެވޭ އިދާރާއަކަށް ހަދާނެކަމަށް އެ އެސޯސިއޭޝަނުގެ އާ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި އިންތިހާބީ ކޮންގްރެސްގައި ހުރިހާ ކްލަބެއްގެ އިއްތިފާގުން ވަނީ ކުރިއަށް އޮތް ހަތަރު އަހަރަށް ތޯރިގްގެ އެކްސްކޯ އަށް އެފްއޭއެމްގެ ހިންގުން ހަވާލުވެފަ އެވެ.
އޭނާގެ އެކްސްކޯއިން ހިންގަން ހަވާލުވީ 150 މިލިއަން ރުފިޔާ އަށް ވުރެ ވެސް ބޮޑު ދަރަންޏެއް އޮތް އެސޯސިއޭޝަނާކާ އެވެ. . ކޮރަޕްޝަނާއި މަނީލޯންޑަރިން ހިންގިކަމަށް ތުހުމަތު ކުރެވޭ ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ރާއްޖެ އާއި ރާއްޖޭން ބޭރަށް ވެސް އެ އެސޯސިއޭޝަން އޮތީ ދަރުވާލާފަ އެވެ. އެހެންކަމުން އެ އިދާރާ އަށް އިތުބާރު އޮތީ ގެއްލިފަ އެވެ. ފީފާ އާއި އޭއެފްސީ އަދި ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ (ސާފް) ގެ އިތުން ސަޕޯޓަރުންނާއި ސްޕޮންސަރުންނެވެ.