ޕީއެސްޖީން ކީޕަރު ޑޮންނަރުއްމާ ވިއްކާލަނީ
މިހާރު
27 ޖުލައި 2025 | އާދިއްތަ | 12:08
ޕީއެސްޖީން އެ ކްލަބުގެ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވިއްކާލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕީއެސްޖީއާ އެކު ޑޮންނަރުއްމާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެ އެވެ. ކޮންޓްރެކްޓް އާކުރަން ޕީއެސްޖީން ބޭނުންވަނީ ކުޑަ މުސާރައަކަށެވެ. އެކަމަކު ޑޮންނަރުއްމާ އެގޮތެއް ބޭނުމެއް ނުވެ އެވެ. އެހެންވެ، އަންނަ ސީޒަނަށް ފަހު އޭނާ ހިލޭ ދޫކޮށްލަން ޖެހޭނެތީވެ، މި ފަހަރުގެ ބާޒާރުގައި އޭނާ ވިއްކާލަން ޕީއެސްޖީން ބޭނުންވަނީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީން އޭނާގެ ބަދަލުގައި ގެންނަން ނިންމާފައިވަނީ، ލިލްގެ ފްރާންސް ގޯލްކީޕަރު ލޫކަސް ޝެވެލިއާ އެވެ.