އާ ޓާމިނަލް ހުޅުވަން އެރުވި ހަވާ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި
މިހާރު
27 ޖުލައި 2025 | އާދިއްތަ | 9:16
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވަން ރޭ އެރުވި ތާރީޚީ ހަވާ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އަށް "ގިނިސް ވޯލްޑް ރެކޯޑް ޓައިޓަލް ފޯ ދަ މޯސްޓް ވެނިއުސް ޕާފޯމިން ސައިމަޓޭނިއަސް، ކޮރިއޯގްރާފްޑް ފަޔަވޯކްސް ޑިސްޕްލޭ"ގެ ރެކޯޑުގެ ލިޔުން ހަވާލުކުރީ، އާ ޓާމިނަލުން ހިދުމަތް ދިން ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިޔުމަށް މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
އެ ރަސްމިއްޔާތުގައި މި ރެކޯޑްގެ ލިޔުން އެމްއޭސީއެލްގެ ޗެއާޕާސަން ނޫރައިން ޖަނާހުއާ ހަވާލުކޮށްދެއްވީ އެޑްޖޫޑިކޭޓާ ފޯ ގިނިސް ވޯލްޑް ރެކޯޑްސް، އެމްބާލީ އިންކޯސީ އެވެ.