އިންޑިއާގައި ފޭކް އެމްބަސީއެއް ހަދައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

މިހާރު

28 ޖުލައި 2025 | ހޯމަ | 6:16

އިންޑިއާގައި މީހަކު އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން އެތަނުގައި ފޭކް އެމްބަސީއެއް ހަދައި ގައުމުން ބޭރުން މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނަގަމުން ދަނިކޮށް ހައްޔަރުކޮށްފި އެވެ.

ހަރްޝް ވަރްދަން ޖެއިން، 47، ހައްޔަރުކުރީ ވެރިރަށް ނިއު ދިއްލީ ކައިރީގައި އޮންނަ އުއްތަރަ ޕްރަދޭޝްގެ ގާޒިއާބާދުގައި "ގެއެއް ކުއްޔަށް ހިފައިގެން ވެސްޓް އާކްޓިކް އެމްބަސީ" ނަމުގައި ސައްހަ ނޫން ތަނެއް ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ޖެއިންއާ ހަވާލާދީ ބުނީ އޭނާ އަކީ ވެސްޓް އާކްޓިކް، ސަބޯރްގާ، ޕޮލްވިއާ އަދި ލޮޑޯނިއާ ފަދަ ހިޔާލީ ގައުމުތަކުގެ "އެމްބެސެޑަރު" ކަމަށެވެ.

މައުޟޫޢުތަށް