ޑަބަލްސްގެ ތިން އިވެންޓުން ރިވައިވަލް އަށް ރަން މެޑަލް
މިހާރު
28 ޖުލައި 2025 | ހޯމަ | 10:55
މި މަހުގެ 25-27 އަށް މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށް ގެންދިޔަ، އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން، ޑަބަލްސް ކެޓެގަރީގެ ތިން އިވެންޓުން ރަން މެޑަލް ހޯދައިފި އެވެ.
އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދީ އާއި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އެވެ. އަދި ފިރިހެން ޑަބަލްސްގެ ރަން މެޑަލް ހޯދާފައި ވަނީ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އެވެ. މިކްސްޑް ޑަބަލްސްގައި ހޯދީ ޒަޔާން އާއި ނަބާގެ ޕެއާ އެވެ.
ތިން ރަން މެޑަލްގެ އިތުރުން ރިވައިވަލްގެ ކުޅުންތެރިން ވަނީ ތިން ބްރޯންޒް މެޑަލް އާއި ރިހި މެޑަލް އެއް ވެސް ހޯދައިފަ އެވެ.