ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ: މެޓް

މިހާރު

28 ޖުލައި 2025 | ހޯމަ | 11:17

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްރަށަށް މިއަދު ވެސް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އަދި މާދަމާ އާއި ބުދަ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކަނޑުތައް އާންމު ގޮތެއްގައި އަދައިގެ ވަރަކަށް ގަދަވި ނަމަވެސް، ވިލާގަނޑުގައި ވަރަށް ގަދަވުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައުޟޫޢުތަށް