މާވަށު މީހެއްގެ ކަރަށް ވަޅި ހަރައި މަރާލި މީހާ ހައްޔަރުކޮށްފި
މިހާރު
28 ޖުލައި 2025 | ހޯމަ | 1:22
ލ. މާވަށުގައި މިއަދު މީހެއްގެ ކަރަށް ވަޅި ހަަރައި މަރާލި ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި އެވެ.
ރަށުގެ އާއްމުން ތިބި ސަރަހައްދެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އޭނާ ހަމަލާދިނީ، އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް، 29، އަށެވެ. މި ހަމަލާއާ ގުޅިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، ކަމަށެވެ.