ލަންކާގައި އިންވެސްޓުކުރަން ދިވެހި ވިޔަފާރިތަކަށް ޑިސަނަޔަކެގެ ދައުވަތު

މިހާރު

29 ޖުލައި 2025 | އަންގާރަ | 9:22

ސްރީ ލަންކާގައި ބޭރުގެ އިންވެސްޓަރުންނަށް އިތުބާރުކުރެވޭނެ، ފަހި މާހައުލެއް އެބައޮތް ކަމަށް ވިދާޅުވެ، ލަންކާގައި އިންވެސްޓުކުރަން ދިވެހި ވިޔަފާރިތަކަށް އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ ދައުވަތު ދެއްވައިފި އެވެ.

ޑިސަނަޔަކަ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ޖޮއިންޓު ސްޓޭޓްމަންޓުގައި، ޑިސަނަޔަކެ ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ގާއިމުކޮށްދިނުމަށް، ސިންގަލް ވިންޑޯ ނިޒާމެއްގެ މަސައްކަތްކުރަމުން އަންނަ ކަމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރެއްވި ކަމަށެވެ.

އެހެންވެ، ލަންކާގައި ގާއިމުކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީ ޕާކުތަކުގައި ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާބެހޭ މަޝްވަރާތައް ކުރެއްވި ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ.

މައުޟޫޢުތަށް