ލުއި ލޯނާއި ކްރެޑިޓް ކާޑުތަކަށް ދޫކުރި ފައިސާގެ އަދަދު 7.7 ބިލިއަނަށް
މިހާރު
29 ޖުލައި 2025 | އަންގާރަ | 11:39
އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނުތަކާއި ކްރެޑިޓް ކާޑަށް ބޭންކްތަކުން މިހާތަނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 7.7 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވާ އަދަދުތަކަކީ މިދިޔަ އަހަރުގެ މެއި މަހަށް ވުރެ 20 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ މެއި މަހުގައި ކްރެޑިޓް ކާޑާއި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ އަދަދު ހުރީ 6.2 ބިލިއަން ރުފިޔާގަ އެވެ.