މެދުކެނޑުމަކަށް ފަހު، ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި

މިހާރު

29 ޖުލައި 2025 | އަންގާރަ | 1:22

މި އަހަރުގެ މިނިވަންދުވަހުގެ ބަންދު ދުވަސްތަކަށް ފަހު، 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން މިއަދު އަލުން ފަށައިފި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފެށީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ އެވެ.

މައުޟޫޢުތަށް