ގޯލްޑް ކަޕްގެ މ. އަތޮޅުގެ ކޮލިފައިން ބާއްވަނީ މުލަކުގައި
މިހާރު
29 ޖުލައި 2025 | އަންގާރަ | 12:58
ގަލޮޅު ދަނޑުގައި ފުޓްބޯޅައިގެ ފޯރި މިދިޔަ އަހަރު ގަދަކޮށްލި މުބާރާތް، ގޯލްޑް ކަޕްގެ މ. އަތޮޅުގެ ކޮލިފައިން މުލަކުގައި ބާއްވަން ހަމަޖައްސައިފި އެވެ.
ގޯލްޑް ކަޕް އިންތިޒާމު ކުރާ ނައިންޓީ ޕްލަސްއިން ވަނީ މުލަކު ކައުންސިލާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ނައިންޓީ ޕްލަސްގެ އޮފީހުގައި ބޭއްވި ހަފުލާގަ އެވެ.
ކުރިން ނައިންޓީ މިނެޓްސްގެ ނަމުގައި ހިންގި ނައިންޓީ ޕްލަސްއިން މިހާރު ވަނީ، އެ ކުންފުނިން ރާވާ ފުޓްބޯޅައިގެ ހަރަކާތްތަކުގެ މަސައްކަތް ކުރުމަށް ވަކި އޮފީހެއް ވެސް ހުޅުވައިފަ އެވެ.