ދިރާގު މޯލްޑިވްސް ރޯޑު ރޭހުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
މިހާރު
29 ޖުލައި 2025 | އަންގާރަ | 2:12
ދިރާގުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މި އަހަރުގެ ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލައިފި އެވެ.
މިކަން އިއުލާން ކުރަން ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއަހަރުގެ ދުވުމަށް މިހާރު ވެސް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އޭނާ އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް ޖާގަ ކަށަވަރު ކުރުމަށެވެ.
އޮކްޓޯބަރު 24 ގައި އޮންނަ މި އަހަރުގެ ދުވުމުގައި ދޫކުރާނީ 4،000 ޖާގަ އެވެ.