މިނިވަން ދުވަހާ ގުޅުވައިގެން ދިރާގުން "ސްޓްރީޓް އެގްޒިބިޝަންތަކެއް"
މިހާރު
29 ޖުލައި 2025 | އަންގާރަ | 3:56
މިދިޔަ ހުކުރު ދުވަހު ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި "ސްޓްރީޓް އެގްޒިބިޝަންތަކެއް" ބާއްވައިފި އެވެ.
"ސްޓްރީޓް އެގްޒިބިޝަންތައް" މާލޭގައި ބޭއްވީ މިދިޔަ އާދިއްތަ އާއި ހޯމަ ދުވަހު އެވެ. މި އެގްޒިބިޝަން ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގައި ބޭއްވީ ހޮނިހިރު ދުވަހުން ހޯމަ ދުވަހަށެވެ. މައުރަޒު ބޭއްވި ރަށްތަކަކީ ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، އދ. ދަނގެތި، ލ. ގަން، ގދ. ތިނަދޫ ފުވައްމުލައް އަދި އައްޑޫ ހިތަދު އެވެ.
ދިވެހި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ ގައުމިއްޔަތު ރަމްޒުކޮށްދޭ ކުރެހުންތައް ބައިވެރި ކުރި އެ މައުރަޒަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަށް ދިރާގުން ބުންޏެވެ.