ގެދޮރުވެރިޔާ ފްލެޓްތަކުގައި މިހާރު ކުރަނީ ކުރީގެ ސަރުކާރުން އުނިކުރި މަސައްކަތްތައް: ހަމްދާން

މިހާރު

29 ޖުލައި 2025 | އަންގާރަ | 7:06

ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގައި މިހާރު ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން އުނިކޮށްފައިވާ މަސައްކަތްތައް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

އެ 4،000 ފްލެޓަކީ ކުރީގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ތަންތަނެވެ. އެފްޑީސީގެ ފަރާތުން މި މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ އެ ގައުމުގެ ކޭޕީއައިއެލް (ކުރީގެ ޖޭއެމްސީ، މިހާރު ކުންފުނީގެ ނަން ބަދަލުކޮށްފައި) އާ އެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.

މައުޟޫޢުތަށް