މޫސުން ގޯސްވެ، މުދާ ކްލިއާ ކުރުމުގައި ދަތިތައް ދިމާވުމުން މާލޭގެ ބާޒާރުން ފިޔާ ހުސްވެއްޖެ
މިހާރު
29 ޖުލައި 2025 | އަންގާރަ | 4:56
މޫސުން ވަރަށް ބޮޑަށް ގޯސްވުމުން، މުދާ ކްލިއާ ކުރުމުގައި ދަތިތައް ދިމާވުމުގެ ސަބަބުން އެމްޕީއެލް އިން މުދާ ކްލިއާ ކުރުން ލަސްވެ، މާލޭގެ ބާޒާރުން ފިޔާ ހުސްވެއްޖެ އެވެ.
ރާއްޖެ އަށް ފިޔާ އެތެރެކުރާ ފަރާތަކުން ބުނީ، ފިޔާގެ ޝޯޓޭޖެއް އައީ، މޫސުން ގޯސްވެ، ކޮންމެ ހަފުތާއަކު ގެންނަމުން އައި ފިޔާ ސަޕްލައި ހުއްޓުމުން ކަމަށެވެ.
އޭނާ ވިދާޅުވީ، ބޯޓު މިހާރު ބަނދަރު ކުރި ނަމަވެސް، މޫސުން ގޯސްވެ، އެ މުދާ ބޭލޭ ގޮތް ނުވާތީ ދެ ޓަނުގެ ފިޔާ ނުނެރެވި މިހާރު ވެސް އެބަހުރި ކަމަށެވެ.