ޝޯޓޭޖަށް ހައްލެއް ގެނައުމަށް އެސްޓީއޯ އިން ފިޔާގެ ސްޓޮކެއް ގެންނަނީ

މިހާރު

29 ޖުލައި 2025 | އަންގާރަ | 6:34

މޫސުން ގޯސްވެ، މުދާ ކްލިއާ ކުރުމުގައި ދަތިތައް ދިމާވެފައިވާތީ، ޝޯޓޭޖަށް ހައްލެއް ހޯދުމަށްޓަކައި ފިޔާ ސްޓޮކެއް ގެންނަން އެސްޓީއޯ އިން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ، ފިޔާ ގެނައުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް އެ ކުންފުނިން އިސްނަގައިގެން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އުންމީދު ކުރަނީ ވަރަށް އަވަހަށް އެސްޓީއޯ އަށް ފިޔާ ސްޓޮކް ގެނެސް ބާޒާރަށް ނެރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ބާޒާރުގައި ކާބޯތަކެތީގެ ޝޯޓޭޖެއް ދިމާވާ ކޮންމެ ފަހަރަކު، އެސްޓީއޯ އިން އަގުތައް ކޮންޓްރޯލް ކުރުމަށާއި އާންމުންނަށް ފަސޭހައިން އެ ތަކެތި ލިބޭނެ ގޮތް ހެދުމަށްޓަކައި އެހީވެ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް ފިޔާ ލިބުން ދަތިވުމުން، އެ ކުންފުނިން ފިޔާ ގެނެސްފައިވެ އެވެ. ފިޔާގެ އިތުރުން ލޮނުމެދާއި ލުނބޯ އާއި ބިހާއި މިރުހާއި އަލުވި ފަދަ ބާވަތްތައް ވެސް، މީގެ ކުރިން ދަތިވާ ދަނޑިވަޅުތަކުގައި އެސްޓީއޯ އިން ބާޒާރަށް ނެރެ އެވެ.

މައުޟޫޢުތަށް