"ސިތާރޭ ޒަމީން ޕަރު" ސްޓްރީމްކުރަނީ ޔޫޓިއުބްގައި

މިހާރު

30 ޖުލައި 2025 | ބުދަ | 7:49

އާމިރް ޚާންގެ އެންމެ ފަހުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" ސްޓްރީމްކުރާނީ ޔޫޓިއުބުން ކަމަށް އޭނާ ބުނެފި އެވެ.

އިންޑިއާގެ މުމްބާއީގައި އިއްޔެ ބޭއްވި އަމިއްލަ އިވެންޓެއްގައި އާމިރް ބުނީ "ސިތާރޭ ޒަމީން ޕަރު" ސްޓްރީމްކުރާނީ މިދިޔަ މާޗު މަހު ލޯންޗުކޮށްފައިވާ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް "އާމިރް ޚާން ޓޯކީސް" އިން ކަމަށެވެ.

"ސިތާރޭ ޒަމީން ޕަރު"ގެ ސްޓްރީމިން ރައިޓްސް އެއްވެސް ބަޔަކަށް ނުވިއްކީ އެ ސަބަބަށްޓަކާ ކަމަށް އާމިރް ބުންޏެވެ.

މައުޟޫޢުތަށް