ހަމަލާތައް ހުއްޓާނުލައިފި ނަމަ ޔޫކޭއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނަން: ބޮޑުވަޒީރު

މިހާރު

30 ޖުލައި 2025 | ބުދަ | 8:20

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހަޔަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ އިނގިރޭސި ވިލާތުން ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާ އިއްޔެ އިއުލާނުކުރައްވައިފި އެވެ.

މެދުއިރުމަތީގަައި ދާއިމީ ސުލްހައެއް ގާއިމުކުރެއްވުމަށް ސްޓާމާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިކަން އިއުލާނުކުރެއްވީ އޭނާގެ ކެބިނެޓް ރިސެސްގައި އޮއްވައި، ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ ކެބިނެޓުން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހުގަ އެވެ.

މި ތާރީހީ ފިޔަވަޅު ސްޓާމާ އިއުލާނުކުރެއްވި އިރު ފްރާންސުން ވެސް ވަނީ ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފަ އެވެ. އެހެންވެ ފްރާންސާއި ޔޫކޭ ވެފައި ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކުރި ޔޫރަޕްގެ އަދި ޖީ7 ގެ ފުރަތަމަ ދެ ގައުމަށެވެ.

މައުޟޫޢުތަށް