ރަޝިޔާގެ ބިންހެލުމުގައި އުފެދުނު ސުނާމީގެ ނުރައްކާ އިންޑިއާ ކަނޑަކަށް ނެތް

މިހާރު

30 ޖުލައި 2025 | ބުދަ | 10:28

ރަޝިޔާ ކައިރިއަށް މިއަދު އައި ބާރުގަދަ ބިން ހެލުމާ އެކު ރަޝިޔާގެ ބައެއް ހިސާބުތަކާއި ޖަޕާނަށް ސުނާމީ އަރައި ޕެސިފިކް ކަނޑުގެ ރަށްތަކަށް ސުނާމީގެ އިންޒާރު ދީފައި ވިޔަސް އިންޑިއާ ކަނޑަށް އެކަމުގެ ބިރެއް ނެތް ކަމަށް އިންޑިއަން ނެޝަނަލް ސެންޓަ ފޯ އޯޝަން އިންފޮމޭޝަން ސާވިސް (އިންކޮއިސް) އިން ބުނެފި އެވެ.

ރަޝިޔާގެ ގައުމުގެ އިރުމަތީގައި އޮންނަ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު ދުރަށް އައި 8.7 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމަށް ފަހު، ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ އަރައި ގެއްލުންވަމުން ދާއިރު އެމެރިކާގެ ހަވާއީގެ އިތުރުން ޕެސިފިކްގެ އެހެން ބައެއް ރަށްތައް ވެސް ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ.

ރާއްޖޭގެ މެޓު އޮފީހުގެ މީޑިއާ އޮފިޝަލަކު ވެސް ވިދާޅުވީ ބިން ހެލުމުގެ އަސަރު ރާއްޖެ އަށް އެއްވެސް ގޮތަކުން ނުކުރާނެ ކަމަށެވެ.

މައުޟޫޢުތަށް