ފަލަސްތީނުގެ ދިފާއުގެ ބައްދަލުވުމަށް އިސްލާމިކް މިނިސްޓަރު ޝަހީމަށް އެމެރިކާއިން ވިސާ ނުދީ ހިފަހައްޓައިފި

މިހާރު

30 ޖުލައި 2025 | ބުދަ | 11:07

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދަން އދ. ގައި މިހާރު ކުރިއަށް ގެންދާ ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ހާއްސަ ބައްދަލުވުމަށް އެމެރިކާ އަށް ވަޑައިގަންނަވަން ރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިސާ އަށް އެދިވަޑައިގަތުމުން ވިސާ ނުދީ އެ ގައުމުން ހިފަހައްޓައިފި އެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ރާއްޖެ ތަމްސީލް ކުރަން ނިންމެވީ އިސްލާމިކް މިނިސްޓަރު ޝަހީމެވެ.

އެކަމަކު، އެމެރިކާ އިން ޝަހީމަށް ވިސާ ނުދީ ހިފެހެއްޓުމުން އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރައްވަނީ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ. އެ ބައްދަލުވުމުގައި އޭނާ ވާހަކަ ވެސް ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މައުޟޫޢުތަށް