މާލެއިން ކުއްޔަށް ދޫކުރި ހުރިހާ ބިންތަކެއްގެ ތަފްސީލު އާއްމުކުރަނީ

މިހާރު

30 ޖުލައި 2025 | ބުދަ | 12:16

މާލެ އިން ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ބިންތަކެއްގެ ތަފުސީލު ކުރިއަށް އޮތް ދެ މަސް ތެރޭގައި އާންމުކުރާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ކައުންސިލް އުފެދުނު ފަހުން ހޭދަވީ 15 އަހަރު ތެރޭގައި ކުއްޔަށް ދޫކުރި ބިންތަކުގެ އޮޑިޓެއް ނުވަތަ ދަފްތަރެއް އެކުލަވާލާފައި ނުވާ ކަމަށެވެ. އެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި، މާލެ އިން ކުއްޔަށް ދީފައި ހުރި ހުރިހާ ބިންތަކެއްގެ ތަފްސީލް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާއްމުކުރެވޭނެ އެވެ.

މައުޟޫޢުތަށް