އަންހެން ފުޓްބޯޅަ ފަށަން ކްލަބްތަކަށާއި ސިފައިން، ފުލުހުން އަދި އެސްއޯއީތަކަށް ދައުވަތު ދެނީ

މިހާރު

30 ޖުލައި 2025 | ބުދަ | 1:24

އަންހެން ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ މުބާރާތް ބާއްވަން، ފުލުހުންނާއި ސިފައިން އަދި އެސްއޯއީތަކުން ޓީމުތައް ބައިވެރި ކުރުމަށް ދައުވަތު ދޭނެ ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އަންހެން ޑިވިޝަނުގައި ގައުމީ ފެންވަރުގެ މުބާރާތެއް ނުބާއްވާ ހަމައެކަނި އެސޯސިއޭޝަނަކީ އެފްއޭއެމެވެ. އެ އެސޯސިއޭޝަނުން ގައުމީ ފެންވަރުގެ އިލެވެން ސައިޑް މުބާރާތެއް އެންމެ ފަހުން ބޭއްވީ 2015 ގަ އެވެ.

އޭގެ ފަހުން 10 އަހަރު ވެގެން ދިޔަ އިރުވެސް އިލެވެންސައިޑް މުބާރާތެއް އެފްއޭއެމުން ނުބާއްވާ އެވެ.

މައުޟޫޢުތަށް