ރިޓަޔާ ކުރަން ނިންމެވި ތާރީހުގެ މާ ކުރިން މައުރޫފް އިސްތިއުފާ ދެއްވައިފި

މިހާރު

30 ޖުލައި 2025 | ބުދަ | 1:02

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފު ޖަމީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި ރިޓަޔާ ކުރައްވަން ނިންމަވާފައިވަނިކޮށް، މައުރޫފް އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ.

ނަމަވެސް އެޗްޑީސީގެ އެމްޑީގެ މަގާމުން، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު ރިޓަޔާ ކުރައްވާ ގޮތަށް ކުރިން ނިންމަވާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ކަން އޮތީ އެ ކުންފުނީގެ މުވައްޒަފުންނަށް މި މަހުގެ ކުރީކޮޅު އަންގަވައިފަ އެވެ.

މައުޟޫޢުތަށް